އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ކުދި ރަށްތައް ބާކީވެދާނެކަމުގެ ބިރު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ނ. ފޮއްދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ މީގެކުރިން ޕީޕީއެމުން ވެރިކަން ކުރި ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އަދި އެ ފަރާތްތަކުން އަމަލުކުރެއްވި ގޮތް ހަނދާން ނައްތާލައިގެން ނުވާނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ވެރިކަން ކުރަނީ ކުރިންވެސް ވެރިކަން ކުރެއްވި ގޮތަށް ގަދަ ބާރުންކަމަށެވެ. އަދި އިދިކޮޅުގެ ވެރިކަމެއްގައި ކުދި ރަށްތައް ތަރައްގީނުވެ، ބާކީވެދާނެކަމުގެ ބިރު އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުދި ރަށްތައް ބިކަވާން އެދިވަޑައި ނުގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ނ. ފޮއްދުއަކީ ކުޑަ ރަށަކަށްވުމުން ބާކީކޮށްފައިވާ ރަށެއް ކަމަށާއި، ނަމަވެސް އެކަން ބަދަލުކުރީ މި ސަރުކާރުން ކަމަށެވެ.



ރައީސް ވިދާޅުވީ ކުޑަ ރަށްރަށަށް އަސާސީ ޚިދުމަތްތައް ނުލިބުމަކީ ރާއްޖޭގެ މާޒީކަމަށާއި، ބޮޑެތި އާބާދީތަކަށް ބޭނުންވާ ބަދަލުތައްވެސް މި ސަރުކާރުން ދަނީ ގެންނަމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން