ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗަށް އެދުނު 18000 އަށް ވުރެ ގިނަ މީހުންނަށް މިދައުރު ނިމުމުގެ ކުރިން ބިންކަނޑައި ގޯތި ދޭނެ ކަަމަަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލެ އިން ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓު މިރޭ އާންމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ފައިނަލް ލިސްޓު އާންމު ކުރުމަަށްފަހު ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިނގަމުން މިދާ މިދައުރު ނިމުމުގެ ކުރިން ގޯއްޗަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް ގޯތިދީ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ. އެގޮތުން ދާއިމީ ލިސްޓްގައިވާ 18،955 ފަރާތަކަށް ގޯތި ލިބޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ދައުރު ނިމުމުގެ ކުރިން ހުރިހާ ބިމެއް ކަނޑާފައި ދެވޭނެ، 18000 ފަރާތަށް ބިން ކަޑާފައި ގޯތި ދެވޭނެ ދައުރު ނިމުމުގެ ކުރިން ނުވަތަ ނޮވެމްބަރު 11 ގެ ކުރިން ބިންކަޑައި ރަޖިސްޓްރީ ހަވާލުކޮށް ނިމޭނެ، އެއީ ރައީސް ނިންމާފައި އޮތް ގޮތް. އެހެންވީމާ އެގޮތުގެ މަތިން އެކަން ކުރިއަށްދާނެ،" އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން