އަވަށްޓެރި ގައުމެއްގައި ޓެރަރިސްޓު ހަމަލާއެއް ރޭވުމުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު އުޅޭ ތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެ އާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި ދެ ދައުލަތެއްގެ ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.

އަދި އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލާ ފާސް ކޮށްފައިވާ ކަމަށާއި ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެނގިފައިވާގޮތުގައި ފުލުހުން ބަލަމުން ދަނީ ލަންކާގައި އެޕްރީލް 21، 2019 ގައި ދިން އީސްޓާ ހަމަލާއަށް ދިވެހިންތަކެއް ފަންޑު ކުރި ކަމަށްބުނާ މައްސަލައެކެެވެ. ލަންކާގައި ޓެރަރިސްޓު ޖަމާއަތަކުން ދިން އެ ހަމަލާގައި 258 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން