ކަނޑު ހުރަސްކޮށް ރާއްޖޭގައި ފުރަތަމަފަހަރަށް ކަރަންޓް ވިއުގައެއް ގުޅާލައިފިއެވެ.

ކަނޑު ހުރަސްކޮށް ހުޅުވާލާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި ޒަމާނީ އިންޖީނުގެއާއި ފަރެސް މާތޮޑާއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އިންޖީނުގެއެކެވެ. މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫޕްކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެކެވެ.

ފެނަކައިން ބުނީ މިއިންޖީނުގެއިން ފަރެސްމާތޮޑާއަށް ކަރަންޓް ދެނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޭބަލް ވިއުގައަކުންނެވެ. އެއާއެކު އެކުންފުންޏަށް ވަނީ ރާއްޖޭގައި އެ މަސައްކަތް ފުރަތަަމަ ފަހަރަށް ކުރިއަށްގެންދިޔަ ކުންފުނީގެ ޝަރަފު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން