ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެވަނަ ދައުރުގެ ރިޔާސީ ވަޢުދުތަކުގެތެރެއިން ޒުވާނުންނަށް ޚާއްސަ ހައުސިން ޔުނިޓުތަކާއި މަދު ޢާމްދަނީއެއް ލިބޭ މީހުންނަށް ޚާއްސަ ކައުންސިލް ހައުސިން ތަޢާރަފްކުރައްވައި ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ޒުވާނުންގެ ޗެޕްޓަރ "އާ ޒުވާން ޖީލު" ބައިގައި ހިމެނޭ ޒުވާނުންގެ ބޯހިޔާވަހިކަމުގެ ތެރެއިން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ނިންމަވާފައެވެ.

އެގޮތުން ކުރިއަށް ރާވާފައިވާ ކަންކަމުގެތެރޭގައި ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދަންވަނީ ނިންމަވާފައެވެ. އެއީ ފަސޭހައިން ކުއްޔަށް ހިފޭނެ އަދި އަމިއްލަކުރެވޭނެ ގޮތަށް މަގުފަހިވެފައިވާ ތަންތަން ކަމުގައި ހައްދަވާނެކަމަށް މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފަސްޓް ޓައިމް ހޯމް އޯނަރސް ނުވަތަ ފުރަތަމަފަހަރަށް ގެދޮރު ހޯދަން އެދޭ ޒުވާނުންނަށް ޚާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 ޕަސަންޓަށްވުރެ މަތި ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައިދޭނެކަމަށްވެސް ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ. އަދި ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން