އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ހދ.މަކުނުދޫގައި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ހދ.މަކުނުދޫގައި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ކެމްޕެއިން ކުރައްވަން ރަށްރަށަށް ވަޑައިގަތުމުން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ދައްކާ ނަމޫނާއަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ތައުރީފުކުރައްވައިފިއެވެ.

ރާއީ ވަނީ މަކުނުދޫއަށް އިދިކޮޅު ކެންޑިޑޭޓް ވަޑައިގެންނެވެމުން އެރަށު އާއްމު ރައްޔިތުންނާއި އަދި އެމްޑީޕީގެ މެމްބަރުން ރަށުގެ އިޖްތިމާޢީ މިންގަނޑާއެކު ރިވެތި އަޚްލާގު ހިފަހައްޓައި ދެއްކެވި ނަމޫނާއަށް ރަށުގެ އެއްމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އެމްޑީޕީއަކީ ކެންޕޭންތަކަށް ފަރިތަ ބައެއްްކަމަށްވެސް ރާއީ ވިދާޅުވެފައިވެއެވެ.



އެމްޑީޕީއަކީ ރާއްޖޭގެ އެންމެ މެމްބަރުންގިނަ ޕާޓީއެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށްރަށްވެސް އަމާންކަމާއެކު ވަޑައިގެން އިދިކޮޅު ކެންޑިޑޭޓު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ. އިދިކޮޅު ކެންޑިޑެޓާ ދިމާކޮށް އުނދަގޫކޮށް ހަމަނުޖެހުން އުފެދޭގޮތަށް އެމްޑީޕީގެ ބަޔަކު މަސައްކަތެއް ނުކުރެއެވެ.

އެހެންނަމަވެސް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނުކުމެ ހަޑިހުތުރުބަހުން އަޑުގަދަކުރުމާއި ހަމަނުޖެހުން އުފެއްދުމާއި ރައީސުލްޖުމްހޫރިއްޔާއަށް އަދަބުއިޙްތިރާމް ކުޑަ އެތައްކަމެއް ކުރާ މަންޒަރު ފެނެއެވެ.

އެހެންނަމަވެސް އޭގެބަދަލުގައި އެފަދަ އެއްވެސްކަމެއް ނުކުރުމަށް ރައީސް ޞާލިޙުވަނީ އެމްޑީޕީ މެމަބަރުންނަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން