ރިޔާސީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކުށްކުރާ މީހުން ރެހިބިލިޓޭޝަނަށް ފޮނުވޭނެ ނިޒާމް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

"އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ "އާ ޒުވާނުންގެ ޖީލް" ސިޔާސަތު ލޯންޗުކުރުމަށް ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އިތުރު ދައުރަކަށް ވެރިކަން ލިބިވަޑައިގެންފިނަމަ ހުރިހާ ބާވަތެއްގެ ކުށްތަކަށް އަރައިގަންނަ މީހުންވެސް އެ ކުށުގެ ޒިންމާ ކުރުވުމަށްފަހު އެ މީހުންނަށް ހާއްސަ ކުރެވިފައިވާ ޓްރީޓްމަންޓް ޕްލޭންގެ ދަށުން ފަރުވާދީ ރިހެބިލިޓޭޝަނަށް ފޮނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަަަަަަައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި، އެވަބާގަައި ޖެހިފައިވާ ޒުވާނުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަލުން މުޖުތަމަަައަށް ނެރުމަށް އިސްކުރަންވީ ކުލުނުވެރިކަން ކަމަށާއި ހަރުކަށި އަދަބު ދީގެން އެމައްސަލަ ހައްލުނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއަދު ކުރަންވީ ކަމަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިން އަލުން އަނބުރާ މުޖުތަމަައަށް ނެރުމުގައި ގެންގުޅެންވީ ކުލުނުވެރި އެޕްރޯޗެއް، އެމީހުންނަށް އޯގާތެރިކަމާއެކު ރިހެބިލިޓޭޝަންގެ ފަރުވާ ފަހިކޮށްދިނުން، އަދި ރާއްޖެ އަށް ޑްރަގު އެތެރެވާ ދޮރުތައް ބަންދުކުރުން. ބައެއް ސިޔާސީ ލީޑަރުން އެބަ ވިދާޅުވޭ މަރަންވީއޭ، ބޮޑެތި އަދަބުތައް ދޭންވީ އޭ. ނޫން އަޅުގަނޑުމެންގެ އެޕްރޯޗަކަށްވާންވީ ކުލުނުވެރި އެޕްރޯޗެއް،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ޑްރަގާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭ ރިހިބިލިޓޭޝަ ހިދުމަތް ފަށާފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމައުގައި އިންތިހާއަށް މޫލާފައިވާ މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރިއަށްދަނީ ރަނގަޅުމަގުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން