ކުރިއަށް އޮތް ރިޔާސީ ދައުރުގައި ޔޫރަޕުން ނ.މާފަރަށް ސީދާ ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާފަރަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ބޮޑެތި ޕްލޭންތަކެެއް އެކަށައަޅާފައިވާކަމަށެވެ. އެގޮތުން މާފަރު އެއަރޕޯޓް ބޮޑުކޮށް، އެ ސަރަހައްދުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީ ކުރުމާއެކު މާފަރު އެއަރޕޯޓަށް ސީދާ ޔޫރަޕުން ފްލައިޓު ގެނައުމުގެ މަސައްކަތްވެސް ފަށާނެކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ވިދާޅުވިއެވެ.

"ކަންވެ ނިމިގެންދާއިރު މި ތަން ވެގެންދާނެ، އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެ ބޭފުޅުންގެ ހަބެއްގެ ގޮތަށް" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން ވަނީ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. އަދި ދެވަނަ ދައުރެއްގައި އެރަށުން މިހާރު ހިއްކުމަށް ހަމަޖެހިފައިވާ 20 ހެކްޓަރުގެ އިތުރަށް 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމާއި ސްކޫލްއަށް ބޭނުންވާ ސައިންސް ލެބްގެ އިތުރަށް ރަށަށް ބޭނުންވާ އެހެނިހެން ކަންތައްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ވ

16-Aug-2023

ޔޫރަޕު ކަމަކުނުދޭ



ޓްރެންޑިން