ސަރުކާރުން ރައްޔިތުންގެ އަސާސީ ކަންކަން ފުއްދަން ވައުދުވަނީ ރައްޔިތުންނާ މެދު ނުވިސްނަވާތީ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، އޭނާގެ އުފަން ރަށް ހއ. ވަށަފަަރަށް ވަޑައިގެން ރައްޔުތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރަށްވާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކޮންމެހެން ވައުދުވާން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ކުނި މެނޭޖު ކުރުން ފަދަ އަސާސީ ބޭނުންތައް ފުއްދައި ދޭން ބައެއް ކެންޑިޑޭޓުން ވައުދުވަނީ ރައްޔިތުންނާއި މެދު ނުވިސްނާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ރައްޔިތުން ބޭނުންވާ ހުރިހާ އަސާސީ ކަންތައްތައް ޕީޕީއެމްގެ ސަރުކާރެއްގައި ފުއްދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ބިން ހިއްކައި ބިންތަކުން ދޫކުރާ ގޯތިތަކުގައި އިމާރާތެއް އެޅުމަށް ލުއި ލޯން ނެގޭނެ ނިޒާމެއް ހަމަޖެއްސުމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ. އަދި ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ރަށެއް ތަފާތު ނުކޮށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ ވަށަފަރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން އެރަށުގައި ގާއިމުކުރަން ފަށާފައިވާ ސިޓީ ހޮޓެލްގެ މަސައްކަތް ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އޭނާގެ އަމިއްލަ އުފަން ރަށް، ހއ.ވަށަފަރަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ވަނީ އޭނާއަށް ރަތްދޫލައިގެ ހޫނު މަރުހަބާ އެއް ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން