ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ގުޅޭގޮތުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރިކުރެވޭނީ ރާއްޖޭގެ ޓްރޭޑް މިނިސްޓްރީގައި އޮންނަ އުސޫލުގެ ދަށުން ރަޖިސްޓްރީކޮށްގެން ކަމަށެވެ. އަދި އެކަންކަމަށް ދައްކަންޖެހޭ ފައިސާވެސް ދައްކަންޖެހޭނެކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެއްސެއްގެ ނަން ފިލާގަނޑު ބޭނުންކޮށްގެން ބިދޭސީއަކަށް ވިޔަފާރީއެއް ނުކުރެވޭނެ. އަޅުގަނޑު ބަންދުކުރާނަން އެތަންތަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިންނަށް މިހާރު ބޭނުންވަނީ ވަރުގަދަ އަދި ސާބިތު ލީޑަރެއްކަމަށެވެ. އަދި އެއީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެވަރުގެ ޝަހުސިއްޔަތަކަށް ވާންޖެހޭނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖެއިން 10 އަހަރު ތެރޭގައި ރާއްޖެއިން ރިބާ ނައްތާލާނެކަމަށެވެ. އަދި އެއީ އެކަމުން ގިނަ ބަޔަކަށް ލިބެމުންދާ ނުރައްލުން ސަލާމަތްކުރަން ކުރާ ކަމެއްކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެލަވަންސްތަކެއް ބެހުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ފައިސާ ހޯދުމަށް ބާރު އަޅާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން