ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ވިޔަފާރިކުރާ ކ. މާފުށިން 308 ގޯތި ދޫކުރުމަށް ހުޅުވާލީ މިދިޔަ މާޗުމަހުގެ 31 ވަނަ ދުވަހުއެވެ.

ކ. މާފުށީ ކައުންސިލް އިދާރާއިން ބުނީ ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 22 އަދި 23 ވަނަ މާއްދާގެ ދަށުން ކ. މާފުށިން ބަންޑާރަ ގޯތި ހޯދުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޟަތު ހުޅުވާލާފައިވާކަމަށެވެ.



ކައުންސިލުން ބުނީ އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން