ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެއްކަމަށާއި އެގޮތުން ރައްޔިތުންގެ ބޭސް ފަރުވާގެ ނިޒާމް ހަރުދަނާކުރާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކަމަށް ކުރީގެ މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް ވިދާޅުވީ ރަނގަޅު ސިއްހީ ޙިދުމަތެއް ނުލިބިގެން ގިނަ ބައެއްގެ ޝަކުވާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގަންނަވާކަމަށެވެ. އަދި އެ ޝަކުވާތައް އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ އެތައް ދައުރެއްގެ ކުރީއްސުރެވެސް ސިއްހީ ދާއިރާގައި އެތައް ދައުރެއްގައި ރައްޔިތުންނަށް އެޙީވެދެއްވާފައިވާތީކަމަށެވެ.

"އެމަނިކުފާނަށްވެސް ވަރަށް ގިނަ މީހުންގެ ޝަކުވާތައް އާދޭ ރައްޔިތުންނަށް ހިތްހަމަ ޖެހޭގޮތަކަށް ބޭސްފަރުވާއެއް ނުލިބެއޭ،" އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ހިދުމަތްތައް ނުލިބޭ މައްސަލަ ޖޭޕީން ހައްލުކުރާނެކަމަށެވެ. އެގޮތުން ޖޭޕީ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިސްނާވަޑައިގެން، އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ މެނިފެންސްޓޯގައި ހިމަނުއްވާފައިވަނީ ހަމަހަމަ އުސޫލަކުން އެކަންކަން ކޮށްދެއްވުމަށް ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

"އާސަންދާގައިވެސް ވަރަށް ބޮޑު ބަޖެޓެއް މިވަނީ ފާސްކޮށްފައި. އެހެންވީމަ އެބަޖެޓްވެސް ވަރަށް ބޮޑަށް ކޮރަޕްޝަނަށް ވާރުތަވާގޮތަށް ބޭފުޅުން އަމަލުކުރައްވާ އިންޕްލިމެންޓްކުރައްވަމުން ގެންދަވާތީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތް ނުލިބެނީ." އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ އާސަންދައިގެ ފަރާތުން މަސައްކަތްކުރައްވާއިރު، އެހިދުމަތްތައް ފޯރުކޮށްދެއްވުމުގައި ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށެވެ.

"ހަމަ ހިދުމަތް ބޭނުންވާ، ކޮންކޮން ރައްޔިތުންނަކަށްތޯ ބޭނުންވަނީ، ބޭނުންވާއިރެއްގަ އެވަގުތެއްގައި ހިދުމަތް ފޯރުކޮށްދެވުން. އަދި އެއީ އިތުބާރުކުރެވޭ ވަރުގެ ހިދުމަތަކަށްވެސް އެބަވާންޖެހޭ،" އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރެއްވުމުގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ދެއްވާ ޑޮކްޓަރުންވެސް، ހިދުމަތްތެރިންވެސް އޭގެއިތުރުންވެސް ސިސްޓަމް ތެރޭގައި ހުރި މެކޭނިޒަމްތައް ރަނގަޅުކުރައްވަން ގާސިމް ނިންމަވާފައިވާކަމަށެވެ. އަދި ބޭހަކީވެސް ކޮލިޓީ ސްޓޭންޑަޑެއްގައި ރައްޔިތުންނަށް އިތުބާރުކުރެވޭފަދަ އެއްޗަކަށް ޖޭޕީގެ ވެރިކަމެއްގައި ހައްދަވާނޭކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން