ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އަމިއްލަ ގޯއްޗެއް ނެތްކަމަށާ، އޮތީ 12 ބަޔަކަށް ބަހަންޖެހޭ އޭނާގެ ބައްޕަގެ 2000 އަކަފޫޓުގެ ގޯއްޗެއްކަމަށް ރޮޒައިނާ ވިދާޅުވެއްޖެއެވެ.

އެތައް އަހަރަކަށްފަހު ފުރަތަމަފަހަރަށް މާލެއިން ގޯތި ދޫކުރަން މިސަރުކާރުން ނިންމިއިރު، ދިރިއުޅެވޭނެ ގޮތެއް ނެތި ވަރަށް ކުޑަކުޑަ ތަންތަންކޮޅުގައި އުޅޭ ނިކަމެތި އެތައް ބަޔަކަށް މާލެއިން ގޯތިލިބުނެވެ. އެއާއެކު ރޮޒައިނާއަށް ގޯތިލިބިވަޑައިގެންކަން ހާމަވެ، ގިނަބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ޕީޕީއެމްގެ ބައެއް ފަރާތްތަކުން ވަނީ މިމައްސަލާގައި ރޮޒޭނާއަށް ފާޑުކިޔައި ދިމާކޮށް ހަދާފައެވެ. ސޯޝަލް މީޑިއާގައިވެސް މިވާހަކަ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދައްކައި ހަޖޫޖަހާފައިވެއެވެ.

ރޮޒައިނާއަށް ގޯތިލިބުމަކީވެސް ހަމަ ހެޔޮ ވެރިކަންތޯ މީހަކު ސުވާލު އުފައްދައި ކުރި ޓްވީޓަކަށް ރައްދުދެއްވަމުން، ރޮޒައިނާ ވިދާޅުވީ، މިއީ ހަމަ ހެޔޮ ވެރިކަމެއްކަމަށެވެ. އޭނާގެ އަމިއްލަ ގޯއްޗެއް ނެތްކަމަށާ، އޮތީ އޭނާގެ ބައްޕަގެ 12 ބަޔަށް ބަހަންޖެހޭ 2000 އަކަފޫޓުގެ ގޯއްޗެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އޭނާއަކީވެސް މާލޭ ރައްޔިތެއްކަމަށާ، ބައްޕަގެ ގޯތި 12 ބަޔަށް ބެހުމުން ލިބެނީ 100 އެއްހައި އަކަފޫޓުކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ. އެހެންކަމުން މާލޭ ރައްޔިތުންނަށް ގޯތި ދޭއިރު ރޮޒައިނާއަށް ގޯތި ލިބެން ނުޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.



މިކަމާ ގުޅިގެން ރޮޒައިނާއާ ދިމާކޮށް ފުރައްސާރަކުރާ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މީހުންނަށް ރައްދުދެއްވައި އޭނާ ވިދާޅުވީ ނަޝީދަށް ތާޢީދުކުރާ މީހުންނާ އޭނާ ޙަވާލުކޮށްފައި އޮންނަ އެއް ޓާސްކަކީ އޭނާއާ ޚިޔާލު ތަފާތު، އޭނާ ނުރުހޭ މީހުންގެ އަބުރު ކަތިލުންކަމަށެވެ. މިއަދު ރޮޒޭނާ ހުންނެވީ ނަޝީދަށް ތާޢީދުކޮށްގެންކަމަށް ވީނަމަ ރޮޒޭނާއަށްވުރެ މާލެއިން ގޯތި ޙައްޤު މީހަކު ނަޝީދަށް ނުހުންނާނެކަމަށް އޭނާވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން