އިންޑިއާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އައު އުސްމިންތަކަކަށް ދާނެކަމަށް އުއްމީދު ކުރަށްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.



ގާސިމް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ އިންޑިއާގެ 77 ވަނަ ދުވަހުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ގާސިމްގެ ޓްވީޓްގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެގޮތުގައި ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން