ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުން ނުދާ ކަމަަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ، ރައީސްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ މުވައްޒަފުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިނުވާނެ ކަަމަށެވެ. ރައީސް ސާލިޙުގެ ވިސްނުންފުޅަކީ ދައުލަތުގެ އެެއްވެސް ވަސީލަތެއް ބޭނުންނުކޮށް ކެމްޕެއިން ކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނާ ފަރާތްތަކަށް އެކަން ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅައިގެން ބެލުމުގެ ފުރުސަތާއި ޖާގަ އޮންނާނެ ކަމަަށެވެ.

"އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުމަކީ އަދި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ އެއްވެސް ދައުލަތުގެ ވަސީލަތެއް ބޭނުންނުކޮށް ހަމަ މި ކެމްޕެއިން ކުރިއަށް ގެންދިޔުން މި ކެމްޕެއިންގެ ފަރާތުން ހުރިހާ އެންމެންނަށް ވެސް އަންގާފައި އޮންނާނީ އެކަން އެގޮތަށް ނުކުރުމަށް،" މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން