މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދިނުމުން ހާމަވެެގެންދަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ އޯގާތެރިކަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ހުރިހާ ފަރާތްތަކަށް ގޯތި ދިނުމަަށް ނިންމައި އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ގުރުއަތުލުން މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފުލެޓް ދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން ބޮޑު ހައްލެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ އެންމެންނަށް ޖާގަ ތަނަވަސް ފުލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

"މިފެނިގެންދަނީ ރައްޔިތުންގެ އިހުސާސްތަކާއެކު ވެރިކަން ކުރަށްވާ ރައްޔިތުންގެ ރައީސް، އިބްރާހިމް މުޙައްމަދު ސޯލިޙްގެ އޯގާތެރިކަން،" ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވިއެވެ.



ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ގޯތީގެ ގުރުނެގުން ފަށާފައިވާއިރު ހުޅުމާލެއިން މިހާރު ދޫކުރެވެންހުރި ގޯތިތައް ލިބޭ ފަރާތްތަކަށް ގޯތި ކަނޑައި ދިނުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ. ހައުސިން މިނިސްޓްރީން ބުނީ ނޮވެމްބަރު 11ގެ ކުރިން ގޯތި ލިބޭ އެންމެންނަށް ރަޖިސްޓްރީ ޙަވާލުކޮށް ނިންމާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން