ރިޔާސީ އިންތިހާބާއި ދިމާކޮށް ސަރުކާރުން ގޯތި ބަހާކަމަށް ވިދާޅުވެ އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޏާ މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

މާލޭ ރަށްވެހިންނަށް ގޯތި ބަހާ މައްސަލައިގައި ދުންޔާގެ ފާޑު ކިޔުން އަމާޒުވެފައި މިވަނީ މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކޮށް، އެ ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ދުންޔާ ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއްކަމަށެވެ. އެކަމަކު ވޯޓުލާން ދެތިން ހަފުތާއަށްވީމާ ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއްކަމަށާއި އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންުޔާ ވިދާޅުވީ އެކަންކަން އެގޮަތަށް ކުރަމުންދިޔަނަމަވެސް އޭސީސީއަށް އެ މަންޒަރުތައް ނުފެންނަކަމަށެވެ.



މި ސަރުކާރުން ވޯޓާއި ދިމާކޮށް ގޯތި ބަހާކަމަށް ދުންުޔާ ވިދާޅުވަމުންދާއިރު، އެކަމަނާގެ ބައްޕާފުޅުގެ 30 އަހަރުގެ ވެރިކަމުގައި ވޯޓްތަކާއި ދިމާކޮށް އެކި މަޝްރޫޢުތަކަށް ކަޑަ ޖެހުމާއި އެކި ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެ ދޮގު ވައުދުތައްވަމުންދިޔަ ވާހަކައަކީ ގިނަ ބަޔަކު މިއަދުވެސް ދައްކަމުންދާ ވާހަކައެކެވެ. އަދި ރާއްޖޭގައި އެކި އިންތިހާބުތަކާއި ދިމާކޮށް، ހުރިހާ ވެރިކަމެއްގައިވެސް މިޒާތުގެ ކަންކަން ހިނގާކަމަކީ އާއްމުންނަށް ނޭނގޭ ކަމެއްވެސް ނޫނެވެ.

ނަމަވެސް މިސަރުކާރުން މިހާރު ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކޮށް ގޯތި ދިނުމުގެ މަސައްކަތް ފަށާފައެވެ. މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު މާލޭގެ ބިން ހިއްކައިގެން ވެސް ގޯތި ދީފައިވަނީ ގާތް އެކުވެރިންނަށާއި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިމަންނަ

16-Aug-2023

' އިއްޔެގަ" ކަޑަ މިއަދު ގޯތި ,ގޯހެއް ނޫން , ހިތާމަޔަކީ ހަދާން ބަލިކަން...



ޓްރެންޑިން