ކުޅުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް މިރޭ ސޮއިކުރަށްވައިފި އެވެ.

އެމްޑީޕީން މިރޭ ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަަމަށެވެ.

މޭޔަރު އާތިފާއި މެމްބަރު ޔާސިރު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ސޯލްޓް ކެފޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

ރަައީސް މިރޭ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ އެހެން މެމްބަރުންނާއި ބައްދަލު ކުރަށްވާފައެވެ. ސޯލްޓް ކެފޭގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް ވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ ދަ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއަށް ސޮއިކުރަށްވާފައެވެ.

ކުޅުދުއްފުށީ ކައުންސިލް އެއްކޮށް، ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވަނީ މިދިޔަ މެއި 30 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން