ޤާނޫނަށް ބޯނުލަނބާ މީހަކު ދެވަނަ ފަހަރަށް ވެރިކަމުގައި ބަހައްޓަން ވޯޓްލުމަކީވެސް ބޮޑު ޖަރިމާއެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޖުމްހޫރީ ޕާޓީން ހޮޓެލް ޖެންގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކަންކަން ހިނގާނެގޮތް ސާފުކޮށްދެއްވުމުގެ ގޮތުން ސުވާލާއި ޖަވާބުދޭ ސެޝަނެއްގެ ގޮތުގައެވެ.

ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކުޅިވަރު ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވީ ސަރުކާރުން ބައެއް އެސޯސިއޭޝަންތަކަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ ވެރިނަށް ސަރުކާރުން ބޭނުންވާ ފަރާތްތައް އައްޔަންކުރަމުންދާކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަންކަން އޮންނާނެ ގޮތާއި ބެހޭގޮތުން އެ ބޭފުޅުން ސުވާލުކުރެއްވިއެވެ.

ގާސިމް ވިދާޅުވީ ޤާނޫނުގައި ކޮންމެ ދިވެހި ރައްޔިތަކީވެސް މިނިވަނެއްކަމަށާއި، އަދި އެ މީހަކު ކަންކުރާނެ ގޮތުގެ މިނިވަންކަން އެ މީހަކަށް އޮންނާނެކަމަށެވެ. އަދި ޤާނޫނާއި ހިލާފަށް ކަންމަށް އެދުމާއި، ކަންކަން ކުރުމަކީ ކޮންކަހަލަ ކަމެއްކަން ވެރިކަމަށް ކުރިމަތިލައިގެން އުޅޭ ބަޔަކަށް އެނގެންވާނެކަމަށެވެ.



ގާސިމް ވިދާޅުވީ ސަރުކާރުން އެހީތެރިކަން ލިބިފައިވާ މީހަކަށް އެގޮތަށް ނުފޫޒު ފޯރުވަން އުޅޭކަން އެނގެންޏާ އެކަން ކުރާކަށް ނުޖެހޭނެކަމަށާއި، އެފަދަ މީހަކަށް ވޯޓްލުމުގެ ބޭނުމެއްވެސް ނެތްކަމަށެވެ.

"ޤާނޫނުއަސާސީއާއި ޤާނޫނަށް ބޯނުލަނބާ މީހަކު ދެވަނަ ފަހަހަރަށް ވެރިކަމުގައި ބަހައްޓަން ވޯޓްލުމަކީވެސް ބޮޑު ޖަރިމާއެއް. އެ ނޫން ކޯއްޗެއްތޯ ދަންނަވަން އޮތީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވޯޓްލާއިރު ބަލަންވީ ބޮޑު ޕާޓީ ނުވަތަ ކުޑަ ޕާޓީއަކަށް ނޫންކަމަށާއި، ވޯޓްލާއިރު ބަލަންވީ ތި ބޭފުޅުންނަށް ރަނގަޅު ކަންކަން މެދުވެރިވާނީ ކޮން ބޭފުޅަކާއެކުތޯކަމަށެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް އަންނާނެ މީހަކު ކަންކުރާނެ ގޮތް އެންމެ އެނގޭނީ އެމީހަކު މާޒީގައި ކޮށްފައި ހުރި ކަންކަމަށް ބަލައިގެންކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓް އަމީން އިބްރާހީމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަހުމަދު

16-Aug-2023

ޤާނޫނަށް ބޯ ނުލަނބާ މީހަކުކަން އެނގުމުން ހެދި ކޯލިޝަނުން ވަކިނުވެ އެމީހަކުގެ ވެރިކަމުގައި ބައިވެގެން ތިބުމަކީ ހިންގާ ހުރިހާ ނުބައެއްގައި ބަވެރިވުން ނޫންކަމަކާށް ނުހެދޭނެ.



ޓްރެންޑިން