ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ކުޅިވަރު އާއިލާއަށް ދިމާވެފައިވާ މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޖޭޕީން ހޮޓެލް ޖެންގައި މިރޭ ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ކުޅިވަރު އާއިލާއަށް ދިމާވެފައިވާ މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބިގެންދާނެ ގޮތަށްކަމަށެވެ.

"ރާއްޖޭގެ ކުޅިވަރުގެ ތަރައްޤީގެ މުޅިން އައު ހަރުފަތަކަށް މިސްރާބު ޖަހާފައި މިހުރީ" އަމީން ވިދާޅުވިއެވެ.



ކުޅިވަރުގެ އިތުރުން މަދަނީ ޖަމުއިއްޔާތައް ބާރުވެރިކުރުމަށްވެސް ޖުމްހޫރީ ޕާޓީގެ މެނިސްފެސްޓޯގައި ކަންތައްތަކެއް ހިމަނާފައިވާނޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މުޖްތަމައުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަހި މާހައުލެއް ޤާއިމްކުރުމަކީ ޖޭޕީގެ ވެރިކަމެއްގައި އެންމެ އިސްކަންދެއްވާނެ ކަންކަން ކަމަށެވެ.

އަމީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ފާހަގަވާ ކަންކަންވެސް މެނިފެސްޓޯގައި ހިމަނުއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން