އަހުމަދު އިބްރާހިމް   16 އޯގަސްޓު 2023 - 13:46
އއ. މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މަތިވެރީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 143 މިލިއަން ރުފިޔާ އަށް 390 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން މަތިވެރީގެ އުތުރު ފަރާތުން ފެށިގެން 26.5 ހެކްޓަރުގެ ބިން އިތުރުކުރަން ވަނީ ނިންމާފައެވެ.

ދާދިފަހުން ސަރުކާރުންވަނީ މަތިވެރީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެމަޝްރޫއުގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން