ރާއްޖޭގެ ފަތުރުވެރިކަމާމެދު ސްކޫލްކުދިން ހޭލުންތެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ހޭލުންތެރިކުރުވުމުގެ ޚާއްސަ ކެމްޕެއިނެއް "ޓޫރިޒަމް އެވެއަރނެސް ޕްރޮގްރާމް"ގެ ނަމުގައި މުޅި ރާއްޖޭގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމުލަ 51 ސްކޫލެއްގައި ފަތުރުވެރިކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވިއެވެ. މި ޕްރޮގްރާމް ފެށްޓެވުމަށްފަހު މިނިސްޓަރ މަޢުސޫމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުސްތަޤުބަލުގައި ރާއްޖޭގެ އެންމެންނަކީވެސް ފަތުރުވެރިކަމަށް މިހާރަށްވުރެބޮޑަށް އަހުލުވެރި އަދި މިދާއިރާގައި އަދިވެސް ބޮޑަށް މަސައްކަތްކުރަން ބޭނުންވާ ބަޔަކަށް ހެދުންކަމަށެވެ.

މި ޕްރިގްރާމްގެ ދަށުން ޚާއްސަކޮށް ޓޫރިޒަމް ކިޔަވާ ކުދިންނާއި މިކަމަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް މަޢުލޫމާތުދީ އެކުދިންގެ ހިތްޖައްސުވައި މިދާއިރާގެ ވަޒީފާއާއި މަސައްކަތްތަކާއި އިންވެސްޓުމަންޓުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން ކުދިންގެ ކިބައިގައި އަށަގެއްނެވުންކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި މި ސިނާޢަތް އެކުގައިވެސް މިއޮތީ ޒުވާން ޖީލު މިކަމުގައި ބައިވެރިކުރުވައި މިމަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުމަށްކަން ހާމަކުރުމަކީ މި ޕްރޮގްރާމްގެ އެއް މަޤުސަދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން