ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެއިން ބިންކޮޅެއް ރައްޔިތުންނަށް ނުދިނުމަށް ވަކާލާތު ކުރުމަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުން ޖާގަ ލިބޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، ވެރިކަން ކުރާ ރަށުން ބިންކޮޅެއް ނުދިނުމަށް އެއްވެސް މީހަކު ވަކާލާތު ކުރުމަކީ ގާނޫނޫ އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުން ޖާގަދޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެމީހަކު އުފަން ތަނަކުން ބިން ލިބެންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލުން މާލޭގެ ރައްޔިތުންނަށް މާލެ އިން ލިބެންޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ދެން ބިމުގެ އަގުތޯ، ބިން ހެދީ ކިހިނެތްތޯ، ބިން ވިއްކީތޯ، ބިން ބެހީތޯ ބަލާކަށް ނުޖެހޭ، ރާއްޖޭގެ އެއްވެސް ރަަށަކުން މީހަކަށް ބިމެއް ދެންޏާ މާލޭގެ ރައްޔިތުންނަށް ވެސް އެމީހަކަށް އޮތް މިންވަރަކުން ބިންކޮޅެއް ދޭންޖެހޭ، 40، 50 އަހަރަކަށްފަހު ރައީސް މިއަދު އެކަން ކުރެއްވީތީ ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މޫސަ ވިދާޅުވިއެވެ

މީގެ އިތުރުން މޫސަ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ބިން ދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކަމަށާއި ސަރުކާރުން އެކަން މިހާރު ކުރަމުންދަނީ އިންސާފުން ކަމަށެވެ. އަދި އިންސާފުން ބޭރުން އެކަން ކުރާ ކަމަށްވާނަމަ އެކަމާއި ދެކޮޅަށް ތެދުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެކަން ވެސް އިންސާފުން ނެއްޓި ގޮސްފިނަމަ އެކަމުގައި ވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން، އަދި މިހާތަނަށް ފެންނަނީ އެކަން އިންސާފުވެރިކަމާއެކު ކުރިއަށް ދާތަން،" މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އެސް ޒެޑް

20-Aug-2023

މައިންބަފައިން އަތުގައި އެއްމެ 5000 އަކަފޫޓުގެ ބިމެއް އޮވެފައި ފަސް ހަ ދަރިން ތިއްބަސް އަހަރަމެންގެ ރަށަކުން ބިމެއްނުދޭ, ހަމަ ޔަޤީނުންވެސް މަށަކަށް ނުދިން ބިމެއް, އަހަރެންގެ މައިންބަފައިންގެ ބިމެއް އޮވެއޭކިޔާފަ, އެބިން ބެހީމަ މަށަށްލިބުނީ އެއްމެ 1000 އަކަފޫޓު, ރާއްޖެތެރޭގެ ބިންދަތި ރަށްރަށުންވެސް މީގެ އެތައް އަހަރެއްކުރިންފެށިގެންވެސް ބިންދެނީ ވާރުތަބައިން ލިބޭބައި ދެންތިބި ބެހެނިވެރިންނަށް ނުވަތަ ސަރުކާރަށް ދޫކުރަން އެއްބަސްވުމެއްހަދާފައި


6

ސަނާ

16-Aug-2023

މައިންބަފައިންގެ ފަރާތުން ލިބޭކުޑަތަންކޮޅު މާލޭން ގޯޗެއްދީފައި ސަރުކާރުން އަތުލުމަކީ އިންސާފެއް ނޫން ރައްރަށުން ގޯތި ދިނަސް އެމީހުންގެ ތަންކޮޅުއަތެއްނުލާ މާލޭ މީހުންގެއަތުންވެސް ތަންކޮޅު އަތުނުލާނެކަމައް އުއްމީދުކުރަން



ޓްރެންޑިން