މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފެށުމަށް ނިންމަވައިފިއެވެ.

އަންނަ ހޯމަދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނެކަން މަޖިލީހުގެ މެމްބަރުންނަށް މިހާރު ވަނި އަންގަވާފައެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ނަމަވެސް މަޖިލީހުގެ އެކި ކަންކަމާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި ކޮމެޓީތަކުގެ މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ.

މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މަޖިލީހުގެ ރައީސާއި ނައިބު ރައީސާއި ދެކޮޅަށް ވަނީ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅިފައެވެ. އަދި ހޯމަދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާއިރު އެކަންކަމަށް ވާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މީގެއިތުރުން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެތޯވެސް އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން