އަހުމަދު މަސްނޫމް   16 އޯގަސްޓު 2023 - 23:52
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ފީވަކުގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލުމަށްފަހު އެ ރަށު ގޭގެއަށް ފެން ފޯރުކޮށްދޭން ފަށައިފިއެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅު ފެށި ފީވަކު ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްސަ ޢިމާރާތެއް ތަރައްޤީކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅާ، ފެން ރައްކާކުރުމަށް ތާންގީ ބަހައްޓާ، ގޭގެއަށް ވަނީ ފެނުގެ ކަނެކްޝަންވެސް ގުޅައިދީފައެވެ.



އެމްޑަބްލިއުއެސްސީން ވަނީ ފެނުގެ ތަހުލީލު ހެދުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ހަދިޔާކޮށްދެއްވާފައެވެ. އެރަށުގެ ފެން ޓެސްޓުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިއުއެސްސީގެ ޚާއްސަ ޓީމަކުން ބެލުމަށްފަހުގައެވެ.

49.60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފެނުގެ ނިޒާމާއެކު، ފީވަކު ރައްޔިތުންނަށް ރައްކާތެރި ފެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން