އއ. އުކުޅަސް ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

އއ. އުކުޅަސް ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

   

ސަރުކާރު މާ ހަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ 76.7 މިލިއަން ރުފިޔާއެވެ. އަދި މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރު ތެރޭގައި ނިންމާގޮތަށެވެ.‏

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި މަސައްކަތް ހަވާލުކުރެއްވި ކުންފުނީގެ އިސްވެރިން ބައިވެރިވިއެވެ.



މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދެބައެކެވެ. އެއީ ހޮސްޕިޓަލުތައް ޢިމާރާތްކުރުމާއި މިހާރު ހުރި ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތައް ފުރިހަމަކުރުމެވެ.

ސިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު ބައެއް ވަނީ ނިމިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން