ޓެންކޮނޮޖީގެ އެހީއާއެކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގާސިމް ގެންނަވާނެ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ހަސަން މުގްނީ ވިދާޅުވެއްޖެއެވެ.

މުގްނީ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް އަދި އެ މަނިކުފާނުގެ ރަނިންގމޭޓު ޑރ. އަމީން އިބްރާހީމްގެ މެނިފެސްޓޯ 2023 ގައި ހިމެނޭ މައިގަނޑު ބައިތަކުގެ މައްޗަށް އަލިއަޅުވާލުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ޖުމްހޫރީ ޕާޓީން ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުގްނީ ވިދާޅުވީ މި ސަރުކާރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ނުކުރާކަމަށެވެ. އަދި އޭގެބަދަލުގައި ސަރުކާރުން ކުރި ކަންކަމުގެ ސަބަބުން އެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށްވެސް މުގްނީ ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަަތަށް ޒުވާނުން ނެރެމުގެ ބަދަލުގައި އެ ދާއިރާއާ ދުރަށް ޒުވާނުން ގެންދަމުންދާކަމަށެވެ.

"މަސްވެރިކަމުގައި އުޅޭ ޒުވާނުންނަށް ލިބޭ އާމްދަނީ އެބަ ދަށްވޭ މަހަށް ލިބޭ އަގު ދަށްވިމާ. ދެން މިދެނީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ވަޒީފާ. ކުރަންޖެހޭ ކަމެއް އޮންނާނީއެއް ނޫން.ޒުވާން ޖީލު އެބަ ހަލާކުކޮށްލާ މި ސަރުކާރުން" މުގްނީ ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ މަސްވެރިންނަށް ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މަސްވެރިކަން ކުރިއަރުވައި، ލިބޭ އާމްދަނީ އިތުރުކޮށްދޭނެކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖެއިން ލިބެން އޮތް ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި މަސްވެރިކަން ކުރާނީ ރަށާއި ކައިރިން ނޫންކަމަށާއި ދެވެން އޮތް އެންމެ ދުރަކަށް މަސް ބާނަން ދިއުމަށް މަސްވެރިންނަށް އެހީތެރިވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން