ޖަޒީރާވަންތަކަން ގެއްލޭނޭ ކިޔާފައި ފެނާއި ނަރުދަމާއި ނާޅާ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އުކުޅަހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރީގެ އަހަރުތަކާއި ބަލާއިރު މި ދައުރުގައި ރާއްޖެއަށް ހަމަޖެހުން ބޮޑުތަނުން ގެނެވިއްޖެކަމަށެވެ. އަދި ރާއްޖެގައި ހަމަހަމަކަންވެސް މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު ބޮޑުތަނުން ގާއިމުކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި އަސާސީ ޚިދުމަތްތައްވެސް ބޮޑުތަނުން ފުރިހަމަކުރަމުންދާކަމަށެވެ. އަދި ރަށްރަށުގެ ޖަޒީރާވަންތަކަން ގެއްލޭނެއޭ ކިޔާފައި ރަށްރަށް ތަރައްގީނުކޮށްވެސް ނޯންނާނެކަމަށެވެ.

‏‎‎"ޖަޒީރާވަންތަކަން ގެއްލޭނޭ ކިޔާފައި ފެނާއި ނަރުދަމާ ނާޅައެއް އެއްވެސް ރަށެއް ދޫކޮށެއް ނުލާނަން. މަގެއް ވެސް ނުހަދައެއް ދުލެއް ނުކޮށްލާނަން. އަޅުގަނޑު ހިތުން ޖަޒީރާ ރާއްޖޭގައިވެސް ސާފު ބޯފެން ލިބެން ޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަކީ އެއް ސިޔާސަތު އަނެއް ސިޔާސަތާއި ވަރަށް ބޮޑަށް ލާމެހި ގުޅިފައި އޮންނަ ސިޔާސަތުތަކެެއްކަމަށެވެ. އަދި އުފާވެރި ދިރިއުޅުމެއް ގާއިމުކުރުމަށް އަމާން މުޖުތަމައެއް ބޭނުންވާކަމަށާއި އަމާން މުޖުތަމައުއެއް ގާއުމްކުރުމަށް އުފާވެރި ދިރިއުޅުމެއް ވެސް ބޭނުންވާކަމަށެވެ.

އުކުޅަހުގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ގިނަބ އަދަދެއްގެ ބަޔަކު ބައިވެރިވިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން