އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ "އަުފާވެރި އަމާން ރާއްޖެ" ސިޔާސަތު އިފްތިތާހުކޮށްފިއެވެ.

އއ. އުކުޅަހުގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މިއީ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގައި ހިމެނޭ 3 ވަނަ ސިޔާސަތެވެ. މި މެނިފެސްޓޯގައި ޖުމްލަ 5 ސިޔާސަތު ހިމެނެއެވެ. މީގެކުރިން އެމްޑީޕީން ވަނީ ޒުވާނުންގެ ސިޔާސަތާއި އުފާވެރި ދިރިއުޅުމުގެ ސިޔާސަތު ލޯންޗުކޮށްފައެވެ.

އެމްޑީޕީން ތައާރަފްކުރި މި ސިޔާސަތުގައި 3 ބައެއް ހިމެނެއެވެ. އެއީ ކުށުގެ ވެށިން ދުރުކުރުން، ކުށުގެ ވެއްޓަށް ފާރަވެރިވުން، އަދި ކުށަށް ޒިންމާނެގުމާއެކު ފަރުވާއެވެ.

1- ކުށުގެ ވެށިން ދުރުކުރުން

ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާ، ކުށުގެ ވެށިން ދުރުކުރުމަށާއި، ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ޕްރޮގްރާމްތައް ސްޓްރީމްލައިންކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރެވޭނެއެވެ.

އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިބަމަ މެދުވެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހާލަތު ދެނެގަނެ، އޭގެ މައްޗަށް އިދާރާތައް ގުޅިގެން ވިޔަނުދިނުމާ (ޕްރިވެންޓިވް) އަދި އިޖާބަދިނުމުގެ (ރެސްޕޮންސް) ގެ މަސައްކަތްތައް ފުޅާކުރުމާއި، އިބަމައާއި އަވައްޓެރި ފުލުހުންގެ ޚިދުމަތްފަދަ އިންތިޒާމުތައް ގުޅުވާލާ، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރާނެ. ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާނެއެވެ.

ޔޫތް ވަޔަލަންސް، ފައިނޭންޝަލް ކްރައިމްސް، އިންޓަރނެޓް-ބޭސްޑް ކްރައިމްސް، ސްކޭމް ކޯލްސް ފަދަ އިމަރޖިންގް ކްރައިމްސްއަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުންވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒުކުރާނެ.

ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ ކޭސްވޯކް ކުރެވޭނެގޮތަށް މަލްޓިސްޓޭކްހޯލްޑަރ ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރާނެއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދޭނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ ފަރާތްތަކާމެދު، ހާއްސަކޮށް 16 އަހަރުން ދަށުގެ ކުދިންނަށް އަދި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަން އަދި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުންކުރާނެ.

ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިންގ، މެންޓަރިންގ އަދި ވޮކޭޝަނަލް ޓްރެއިނިންގ ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެއެވެ.

2- ކުށުގެ ވެއްޓަށް ފާރަވެރިވުން

އިތުބާރުހުރި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރާނެއެވެ.

ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، ވަށައިގެންވާ މާހައުލަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހަދާނެއެވެ.

އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރާނެއެވެ.ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރާނެއެވެ. އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުންއިތުރަށް ހިފާނެއެވެ.

ސައިބަރ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބަރ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެއެވެ.

ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރާނެއެވެ. ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެއެވެ.

3- ކުށަށް ޒިންމާނެގުމާއެކު ފަރުވާ

ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށްހަދާނެއެވެ. މިގޮތުން، ކުއްޖާ ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި މި ޕްރޮގްރާމްގެ ތެރޭގައި ގާބިލު އިޖްތިމާއީ އެހީތެރިން މެދުވެރިކޮށް ރުޖޫއީ އިންސާފު (ރެސްޓްރޯޓިވް ޖަސްޓިސް) ގެ ތެރެއިން މީޑިއޭޝަން ސެޝަންތަކާއި، ވިކްޓިމް-އޮފެންޑަރ ޑަޔަލޮގްތަކާއި، ކޮމިއުނިޓީ ސަރވިސް އަދި ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގާއި ކަރާމަތަށް ރައްކާތެރިވުމުގެ މުހިއްމުކަން ދަސްކޮށްދެވޭގޮތަށް ޕްރޮގްރާމްތައް މުރާޖައާކޮށް ތަންފީޒުކުރާނެއެވެ.

ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެއެވެ. މިއާއެކު ޖަލުތަކުގެ އާބާދީ ކުޑަވެ، ކުށުގެ ކުޑަބޮޑުމިނުން އެފަރާތަކާއި ޒިންމާ މަތިކޮށް، އަނބުރާ މުޖުތަމައުއަށް އަންނައިރު މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރެވޭނެ ގޮތް މަގުފަހިކުރާނެއެވެ. ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރާނެއެވެ.

ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އެސެސްމަންޓެއް ހެދި، ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރާނެއެވެ. އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ރިހެބިލިޓޭޝަން ސެންޓަރުތަކުގައާއި ޖަލުތަކުގައި ފުރިހަމަކުރާނެއެވެ.

ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބާވަތްތަކުގެ ކުށަށް އަރައިގަނެވޭ ފަރާތްތަކަށް އަމާޒުކޮށް ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މި ޕްރޮގްރާމްގެ ތެރޭގައި މީޑިއޭޝަން ސެޝަންތަކާއި، ވިކްޓިމް-އޮފެންޑަރ ޑަޔަލޮގްތަކާއި، ކޮމިއުނިޓީ ސަރވިސް އަދި ދިރިއުޅުމަށް ތައްޔާރުކުރުމާއި، ކިޔެވުމާއި ތަމްރީނުގެ ބައިތައް ހިމަނާނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް އާންމު ހާލަތަށް ބަދަލުވާއިރު، ފަރުވާ ފުރިހަމަކުރުމުގެ މަރުހަލާއެއްގެގޮތުގައި ސައިކޮސޯޝަލް ސަޕޯޓް، ކޮމިއުނިޓީ ރީއިންޓަރގްރޭޝަން ސަޕޯޓާއި އާމްދަނީ ލިބޭ ފަދަ މަސައްކަތެއްގައި ޝާމިލުވެއުޅުން ހިމެނޭނެއެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ޤާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށްހަދާނެއެވެ. މީގެކުރިން ވަނީ ދެ ސިޔާސަތެއް ހާމަކޮށްފައެވެ. އެއީ އުފާވެރި ދިރިއުޅުމާއި އާ ޒުވާނުންގެ ޖީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން