ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އުކުޅަހަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުން ކަމަށެވެ. އެހެން ނަމަވެސް އެ އަމާޒަށް ވާސިލުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ގާނޫނީ ނިޒާމްގައި މައްސަލަތަކެއް އެބަހުރި ކަމަށާއި ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސްއަހަރުގެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމްގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އުފާވެރި މުޖުތަމައު އެއް ރައްޔިތުންނަށް ހޯދައިދިނުން، ކުށުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުހަރުފަތަކަށް ގެންދަން އެބަޖެހޭ، އެންމެން ގުޅިގެން ކުށުން ދުރުކޮށް ކުށުގެ ވެއްޓަށް ފާރަވެރިވާން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ ސިޔާސަތެއް ހިފައިގެން އައިސް ތިބި ބަޔަކީ ވެސް ހަމައެކަނި އެމްޑީޕީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ މި ސަރުކާރުން އަޅަމުންދާ ކަމަށެވެ. އެ މަސައްކަތް ކޮށް އެއްކޮށް ނިންމާލެވޭނީ އަދި ދުވަސްކޮޅެއް ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިޖަލްސާގައި ރައީސް ވަނީ އުކުޅަހަށް ގިނަ ވަައުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އަންނަ ދައުރެއްގައި އުކުޅަހުގައި ފްލެޓް އެޅުމާއި، މިހާރު ހަދަމުންދާ މަގުތަކުގެ އިތުރަށް ބާކީ ހުރި މަގުތައް ހެދުމާއި، ބޮޑު މިސްކިތަކާއި އަދި އުކުޅަހު ކައިރީގައި ސީޕްލޭން ޕްލެޓްފޯމެއް ވެސް އަޅާނެ ކަމަށެވެެ.

އެމަނިކުފާނު ވިދާޅުވީ އުކުޅަހު ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ގަލައްގިލި ފަޅުގައި ހަދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ވެސް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން