އއ.ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާކަމަށް މިމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. ފެރިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ވަނީ ސައިޓް މޮބިލައިޒްކޮށްފައިކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ވަރަށް އަވަހަށް މަސައްކަތް ފަށައި ނިންމާލެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

އއ.ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 23,579 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި 7,848 އަކަމީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 4,268 އަކަމީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 403 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހެދުން ހިމެނެއެވެ.

މިއީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސަރުކާތުން ޚަރަދުކޮށްގެން ހިންމާ މިމަޝްރޫޢުގެ މުޅި މަސައްކަތް އެއް އަހަރުތެރޭ ނިންމަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން