އާލާސްކަންފުޅާ އުޅުއްވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އާއި އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތައް ފަސްކުރަށްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އިއްޔެ ވަނީ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފައެވެ. އއ. އަތޮޅުގެ އެންމެ ފަހުގެ މަންޒިލް ކަމަށްވާ ހިމަންދުއަށް މިއަދު ހެނދުނު ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެފަހުން ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އދ. އަތޮޅުގެ ރަށްތަކަށެވެ. އެހެން ނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ހިމަންދޫގެ ދަތުރުފުޅާ އދ. އަތޮޅަށް ކުރަށްވަން ހަމަޖެހުނު ދަތުރު ކެންސަލް ކޮށް މާލެ ވަޑައިގަންނަވަން ވަނީ ނިއްމަވާފައެެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިންގައި 11 އަތޮޅަކަށް މިހާރު ވަނީ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން