24 ރަށެއްގައި ސޯލާ ހަކަތަ ރައްކާކުރާ ބެޓަރީ ސްޓޯރޭޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.

އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު ރައްކާކުރުމަށް ބެޓްރީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި ގުއަޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލަރ ހައިބްރިޑް ޓެކްނޮލޮޖޯ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏާއެވެ.

މި ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 24 ރަށެއްގައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ،، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހުޅުދޫއާއި މީދޫ، ލ. އަތޮޅު ފޮނަދޫ، ގަމާއި، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، މާވަށް، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ބ.އޭދަފުށި، ޅ.ހިންނަވަރާއި، ނައިފަރާއި އަދި ގއ.ވިލިނގިއްޔެވެ.

ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ، އެކްސެލެރޭޓިން ރެނިއުބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ، އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަބޮޓް އަވަރގެ ބެޓްރި އެނަރޖީ ސްޓޯރޭޖް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ޗައިނާގެކުންފުނީގެ ފަރާތުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދަނީ 7 މެގަވޮޓް އަވަރގެ ބެޓްރީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކޮށް ޚިދުމަތުގައި ބޭނުންކުރަމުންނެވެ. އަދި މިހާރު ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ޙަކަތައިގެ ކެޕޭސިޓީ ވަނީ 53 މެގަވޮޓްއަށް އަރާފައެވެ.

އެރައިސްގެ ދަށުން ޤާއިމުކުރާ އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ކަރަންޓު އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މިނިޒާމުގައި ރައްކާކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި ޙަކަތައިގެ ވިއުގައަށް ފޮނުވާ އިޔާދަކުރަނިވި ޙަކަތައިން އެރަށެއްގެ ޑިމާންޑު އޮންނަ މިންވަރުގެ 30 އިންސައްތައަށްވުރެ މައްޗަށްދާ ޙާލަތްތަކުގައި ގްރިޑްގައި މައްސަލަ ޖެހުން ދުރުކޮށް، ރަށުން ކަރަންޓު ކެނޑުންފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން