ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން މިނިވަންުކުރަންޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައި މިވަނީ ޤާނޫނު އަސާސީގައި ޖުޑިޝަރީއަކީ ދަޢުލަތުގެ ވަކިބާރެއްކަމަށް އޮތްނަމަވެސް އިދާރީގޮތުން ސުޕްރީމްކޯޓަށް މިނިވަންކަމެއް ނެތްކަމަށް ވިދާޅުވެ ފަނޑިޔާރު ޙުސްނުއް ސުޢޫދު މިއަދު ނުރުހުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ސުޢޫދު ވަނީ ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންތޯ އައްސަވައި ޖޭއެސްސީއަށް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަނު ނުވެ ދެއަހަރު ވެފައިވާ ކަމަށާއި އެކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހެނީ ކޮން ފަރާތަކުންތޯ ސުޢޫދު ސުވާލު އުފެއްދެވިއެވެ.

ސުއޫދުގެ ވާހަކަތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާއެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލު ކޮށްފައިވާކަމަށެވެ. އޭގެކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންކަމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަންވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންކަމަށް ޖޭއެސްސީން ބުނެއެވެ.

ހައިލަމް ވިދާޅުވީ ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 156 އަދި 159 ވަނަ މާއްދާއާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެންކަމަށެވެ. އަދި މި އިޞްލާޙުުތައް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ކަނޑއަޅުއްވައި ދެއްވައި ކޯޓުތަކުގެ އިދާރީ ހިންގުން މިނިވަންކޮށްދެއްވަންޖެހޭ ހައިލަމް ވިދާޅުވިއެވެ.

"ކޯޓުތަކުގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 156 އަދި 159 ވަނަ މާއްދާއާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު އިޞްލާޙުކޮށްގެން. މި އިޞްލާޙުުތައް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ކަނޑއަޅުއްވައި ދެއްވައި ކޯޓުތަކުގެ އިދާރީ ހިންގުން މިނިވަންކޮށްދެއްވަންޖެހޭ" ހައިލަމް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ސުޢޫދު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޖުޑީޝަރީ ނުހިންގޭ ކަމަށާއި ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުން ނޫން މީހަކު ނެތް ކަމަށެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މީ، ޖޭއެސްސީއަކީ އިދާރީ ހިންގުމުގެ އިސް ފަރާތްވެއްޖެއްޔާ، ކޮން އިރަކުތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބޭނީ، މި ކޯޓަށް މިނިވަންކަމެއް ނެތް މި ކޯޓަށް މުވައްޒަފުން ލާކަށް، ބަޔަކު ދިނިއްޔާ ކައިގެން ބޮއިގެން މި ތިބެނީ، ބަޔަކު ދިނިއްޔާ ފޮތް ފަންސުރު މި ލިބެނީ، ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ، އެކަމަކު އަޅުގަނޑުމެންނަކީ މިނިވަން ފަރާތެކޭ، ދައުލަތުގެ އެއް ބާރުކަމަށްމި ބުނަނީ، ކިހިނެއްތޯ ސަސްޓެއިން ކުރަނީ މި އާރގިއުމަންޓް.” ޖޭއެސްސީ އަށް ސުވާލުތައް ކުރިމަތި ކުރަށްވަމުން ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދުގެ ސުވާލުތަކާ ގުޅިގެން ޖޭއެސްސީގެ ވަކީލުން މިއަދު ވިދާޅުވީ އެ ސުވާލަށް މިވަގުތު ޖަވާބުދާރީވާން ދަތިކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވަނީ ޖޭއެސްސީގެ ދަށަށް ބަދަލު ކޮށްފައެވެ. އޭގެކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން