ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މާދަމާ ފައްޓަވާނެއެެވެ.

މި ދަތުރުފުޅުގައި ގާސިމް ފުރަތަމަ ވަޑައިގެންނަވާނީ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަކުނުދު އާއި ނޮޅިވަރަމާއި ނޮޅިވަރަމްފަރާއި ހަނިމާދޫ އަދި ކުޅުދުއްފުއްޓަށް ގާސިމް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދުއަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވާނެއެވެ. އަދި ށ. އަތޮޅު ފޯކައިދޫގައިވެސް ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގާސިމް ރަސްމީކޮށް ފެއްޓެވީ އދ. މާމިގިލިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން