އަލީ ރަމީޒު އަޅުގަނޑު ދެކެ ރުޅި އައީ އަންހެނަކަށްވީތީކަމަށް ވެދާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ސަލަފް ޖަމުއިއްޔާގެ ކެންޑިޑޭޓެއްކަމަށް ބުނުމުން އެ ޖަމުއިއްޔާގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒް ވަރަށް ބޮޑަށް ކޯފާވެގެން އުޅުއްވާކަމަށް ނޫސްތަކުގައި ލިޔެފައި އޮތްކަމަށެވެ. އަދި އަލީ ރަމީޒު އެކަމަނާދެކެ ކޯފާވަނީ އަންހެނަކަށްވުމުން ކަަމަށް ވެދާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން އެ ބޭފުޅުން ތާއީދުކުރައްވާ ވެރިކަމެއްގައި އަންހެނަކަށް ބަސްބުނުމުގެ ހައްގުވެސް އޮންނާނެކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި ސަލަފް ޖަމުއިއްޔާއަށް އެޑިއުކޭޝަން މިނިސްޓްރީ ހިންގެވުން ހޯއްދެވުމަށް މަޝްވަރާކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

"ސަލަފް އިން ބޭނުންވަނީ އެޑިއުކޭޝަން މިނިސްޓްރީކަމަށް މައުލޫމާތު ލިބޭ. މަދަރުސާތަކުގައި ކިޔަވައިދޭނީ ކޮން ސިލަބަސްއެއްކަމެއް ނޭނގޭ،" މާރިޔާ ވިދާޅުވިއެވެ.

މުއިއްޒަކީ ސަލަފް ޖަމުއިއްޔާގެ ތާއީދު އޮތް ބޭފުޅެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވިޔަސް، އެ ޖަމުއިއްޔާއާއެކު ޕީޕީއެމް ޕީއެންސީގެ ރަސްމީ ގުޅުމެއް ނޯވެއެވެ. ނަމަވެސް މުއިއްޒުގެ އަނބިކަނބަލުންނާއި ސަލަފްް ޖަމުއިއްޔާގެ އިސް ބޭފުޅުންނަކީ އާއިލީ ގޮތުން ތިމާގެ ބޭފުޅުންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން