މިއީ ކޮތަރުކޮށީގެ ކޮށި ވިސްނުން، ގޯތީގެ ތަނަވަސް ވިސްނުމަށް ބަދަލުކޮށްލި ސަރުކާރުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައިވާ ބޭފުޅެކެވެ.

މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރަކީ ކޮތަރުކޮށީގެ ކޮށިވިސްނުމުން ތަނަވަސް ގޯތީގެ ތަނަވަސް ވިސްނުން ރައްޔިތުންނަށް ގެނެސްދިން ސަރުކާރުކަމަށެވެ.

މައުސޫމް ވިދާޅުވީ މިއަދު މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުން ފެންނަނީ ފަޚުރުވެރި އުފާވެރި ބިންވެރިޔާކަމަށެވެ. އަދި ރައީސް ސާލިހުގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ، ކޭލިހަމަވާ، ސިޔާސަތުތަކެއްކަމަށެވެ.



މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން 19،865 މީހުންގެ ޝަރުތު ހަމަވެއެވެ. އަދި އޭގެ ތެރެއިން 18،955 މީހަކަށް މި ދައުރުގެ ތެރޭގައި ގޯތި ލިބޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބާކީ 684 މީހުންނަށް ގޯތި ދޭނީ އެކަމަށް ބިން ހަމަޖެހުންކަމަށްވެސް ސަރުކާރުން ބުނެއެވެ.

ބިން ވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. މިއީ މާލެއިން 40 އަހަރަށްފަހު ގޯތި ދިން ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން