އައްޑޫ ސިޓީން ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވީ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށުން 1000 ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅުގައެވެ. ކައުންސިލުން ވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައެވެ.

އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި، ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި، ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫން 2000 އަކަފޫޓުގެ 100 ގޯއްޗެވެ.



މިއަދު އާއްމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން ދިނީ 7 ދުވަހުގެ މުއްދަތެކެވެ. އަދި އެއަށް ފަހު ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ދާއިމީ ލިސްޓު އިއުލާންކުރުމުގެ ކުރިން ފޯމުތަކުގައި ހުރި މައުލޫމާތު ސައްހަތޯ ބެލުމުގެ މަސައްކަތް އަވަށު އޮފީސްތަކުން ކުރަމުން ގެންދާނެކަމަށެވެ.

އައްޑޫ ސިޓީން ގޯއްޗަށް ހުށަހެޅި 4160 މީހުންގެ ތެރެއިން 3997 މީހުންގެ ޝަރުތު ހަމަވާކަމަށާއި އެއީ ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ 96 ޕަސެންޓްކަމަށް ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން