ހުޅުމާލޭގައި އާންމުން ދިރިއުޅޭ ގެތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭނެ ގޮތަށް ގަވާއިދަށް ބަދަލު ގެނެއްސިއެވެ.

އަރބަންކޯއިން ބުނީ ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސް އާއިއެކު 7 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ނިންމާފައިވާކަމަށެވެ. އެގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



މީގެ އިތުރުން، އަރބަންކޯއިން ވަނީ ޕާކިންގެ އައު ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިންގ ހެދުމަށް ކަނޑައަޅާފައެވެ. އެގޮތުން، މަދުވެގެން 2 ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެއެވެ. އަދި ކޮންމެ 1 ކޮޓަރީގެ އެޕާޓްމަންޓަކަށް 1 ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެއެވެ.

މިގަވާއިދު ބުނާގޮތުން، ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި މަދުވެގެން 2x0.8 މީޓަރު ކަނޑައަޅާފައިވާއިރު ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 4.8x2.5 މީޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން