‏ރިޔާސީ އިންތިޚާބު 2023 ގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި، ކޮންމެ ޕާޓީއަކުން ނުވަތަ ކޮންމެ ކެންޑިޑޭޓެެއް ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަން، އީސީ އިން ހުޅުވާލި ފުރުސަތު ހަމަވިއިރު، 1735 މަންދޫބުންގެ އެޕްލިކޭޝަން ފޯމް ލިބިފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަންދޫބުންނަށް ވުމަށް ހުށަހެޅި 1735 ފޯމްގެ ތެރޭގައި ހިމެނެނީ، އެމް.ޑީ.ޕީގެ ފަރާތުން 458 އެޕްލިކޭޝަން، ޕީ.އެން.ސީގެ 548 އެޕްލިކޭޝަން، އެމް.އެން.ޕީގެ 271، ދަޑިމޮކްރެޓްސްގެ 241 އަދި ޖޭޕީގެ 217 އެޕްލިކޭޝަނެވެ.



މަންދޫބުންގެ އިތުރުން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 4545 މޮނިޓަރުން، 3607 އޮބްޒާވަރުން، 1735 މަންދޫބުން (ކެންޑިޑޭޓުންގެ ފަރާތްޕުޅުން) ނާއެކު، ރާއްޖެއިން ޖުމްލަ 9887 އެޕްލިކޭޝަން ލިބިފައިވާކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އަދި އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށްދާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން