ތިލަފުށި، ވިލިމާލެ އަދި މާލެ ގުޅާލުމަށް ހަދާ ބްރިޖުގެ ތަނބުތައް ކަނޑަށް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިޔާ ހައިކޮމިޝަނުން ބުނީ ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ބްރިޖްގެ ޕައިލިންގެ މަސައްކަތާއެކު ސްޓްރަކްޗާގެ އެހެން މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

"ދެވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިއްޔާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށައިފި،" އިންޑިޔާ ހައިކޮމިޝަނުން ބުންޏެވެ.



ތަނބުތައް ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެއެވެ. އަދި އަންނަ އަހަރު ތިލަފުއްޓާ އެ ބްރިޖު ގުޅާލެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖުމުލަ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ މި ބްރިޖަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިޔާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއެކު އަޅާ ބްރިޖެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން