ގާސިމް އިބްރާހިމް/ ފޮޓޯ ޓީއޭމްޖީ
ގާސިމް އިބްރާހިމް/ ފޮޓޯ ޓީއޭމްޖީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާއިރު ރައްޔިތުންެ ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެކަމަށާއި، ރައްޔިތުންެ ނިންމަވާ ގޯސް ނިންމެވުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ރަށުގައި މިރޭ ބޭއްވި ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ގައުމެއް ކުރިއަރައިގެން ދަނީ އެތަނުގައި އޮންނަ ގާނޫނު އަސާސީއެއްގެ ސަބަބުން ނޫންކަމަށާއި، އެކަން ބިނާވެފައި އޮންނަނީ ވެރިކަންކުރާ ވެރި މީހާގެ ކިބައިގައި ހުންނަ ގާބިލްކަމުގެ މައްޗަށްކަމަށެވެ.

ގާސިމް ވިދާޅުވީ މިއަދު ރާއްޖޭގެ މާލިއްޔަތުން އެތައް ފައިސާއެއް ވަނުވާ ނޭނގި ގެއްލެމުންދާއިރު އެކަމުގެ ވާނުވާ ސަރުކާރަށް ނުވަތަ ވެރިޔަކަށް ހުންނަ މީހަކަށް ނޭނގެ ކަމަަށް ގަބޫލު ނުކުރެވޭކަމަށެވެ.

"ގާނޫނުތައް ބަދަލުކޮށްގެން ކޮރަޕްޝަންގެ ގޮތުގައި ފައިސާތައް ނެގޭނެ ގޮތަށް ކަންކަން ރާވާއިރު ވެރިންނަށް ނޭނގޭނެތަ. އެގޮތަށް ތަނެއް ހަލާކުވެގެން ދިޔައީމަ ވަރަށް އުނދަގޫވާނެ އެތަން ސަލާމަތްކުރަން'" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުޑަ ދުވަސްކޮޅެއް އޮތްނަމަވެސް، ރައްޔިތުންގެ ވިސްނުން ބަދަލުވާން ނަގަނީ ކުޑަ ހިނދުކޮޅެއްކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުން ހެޔޮވިސްނުން އިސްކުރަންޖެހޭކަމަށާއި، ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ތަރައްގީއާއި ފާގަތިކަން ގެނެސްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެނާ ވެރިކަމަށް ކުރިމަތިލައްވަނީ އަމިއްލަ އެއްވެސް މަސްލަހަތެއް އޮވެގެން ނޫންކަމަށާއި އެކަމަށް ނިކުންނަނީ ދިވެހިރާއްޖެއާއި ރައްޔިތުންގެ ހައްގުގައިކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލާއިރު ރައްޔިތުންެ ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެކަމަށާއި، ރައްޔިތުންެ ނިންމަވާ ގޯސް ނިންމެވުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅި، ފަހުން ދެރަވާން ޖެހިދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން