ބިން ވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޭނެ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުމުގައި އޮޅުވާލަމުން ނުވަތަ މަކަރު ހަދައިގެން ވަކި ބަޔަކަށް މަންފާއެއްވާ ގޮތަށް އަމަލުކުރާކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ. ގިނަ ބަޔަކު ހުޅުމާލެއިން ގޯތި ބޭނުންވިއަސް، ހުޅުމާލެއިން ގޯތި ދޭނެ އަދަދެއް ވަނީ ކަނޑައަޅާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލެއިން ދޫކުރާ ގޯތިތައް ވަކި ބަޔަކަށް ލިބޭ ގޮތަށް ސަރުކާރުން ދަނީ އަމަލުކުރަމުންނެވެ. އަދި ގުރުއަތަށް ނާންނަ ބައިވެރިންގެ ކަރުދާސްކޮޅު، ފޮށި ކައިރީ ތިބޭ އޮފިޝަލުން ނަގާކަމަށާއި އަދި އެގައި އޮންނަނީ ކޯއްޗެއްކަން ނޭނގޭކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ގޯތި ދޭނެ ތަންތަން ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ވަގުތުން ފެންނަކަމަށާއި އެކަމުގައި މަކަރު ހަދަން ނުވަތަ އޮޅުވާލަން މަސައްކަތް ކުރާނެ ޖާގައެއް ނޯންނާނެކަމަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވުމަށް އޮންނަ ގަޑިއަށް ނާދެވޭ މީހުންގެ ކަރުދާސްކޮޅު އޮފިޝަލުން ނުނަގާނެކަމަށާއި ގުރުއަތުލުން ކުރިއަށް ދަންދެން އެ ފުރުސަތު އޮންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ގޯތި ދޭނެ ތަންތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އާދީއްތަދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

.

ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން