ސަރުކާރުން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ދެރަށެއްގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެގޮތުން ލ. ގަމުގައި ތަރައްގީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، ގދ.ގައްދޫގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. ގަމުގައި ތަރައްޤީކުރަނީ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. މިއީ މުޅިން އަލަށް އެރަށުގައި ޢިމާރާތްކުރާ ހޮސްޕިޓަލެކެވެ. ގދ.ގައްދޫގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވަނީ ސްޕޭންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާއާއެވެ. އެކުންފުނިން ވަނީ މި މަޝްރޫޢުތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ސައިޓްތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި ދެ ހޮސްޕިޓަލްގެ ތެރެއިން ގަމު ޓާޝަރީ ހޮސްޕިޓަލަކީ 130 އެނދުގެ 2 ފަންގިފިލާ އިމާރާތެކެވެ. މިއީ 30.68 މިލިއަން ޔޫރޯގެ މަޝްރޫއެކެވެ. ގައްދޫ ހޮސްޕިޓަލަކީ 30 އެނދުގެ 2 ފަންގިފިލާގެ ހޮސްޕިޓަލް އިމާރާތަކާއި 720 އަކަމީޓަރުގެ 1 ފަންގިފިލާގެ އެކޮމޮޑޭޝަން އިމާރާތަކާއި 240 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅާ ސަރވިސް އިމާރާތެއް ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫއަކީ 13.07 މިލިއަން ޔޫރޯގެ އަގުހުރި މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން