ހުޅުމާލޭގެ މާސްޓަރ ޕްލޭނާ ގުޅޭ ކުރެހުމެއް
ހުޅުމާލޭގެ މާސްޓަރ ޕްލޭނާ ގުޅޭ ކުރެހުމެއް
މާލެ ރައްޔިތުންނަށް ގޯތި ދޭން ހިއްކަން އުޅޭކަމަށް ބުނާ ހުޅުމާލޭ ފަޅުގެ ސަރަޙައްދަކީ މާލޭ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ތަނެއްކަމަށާ، އެތަން އެއްވެސް ގޮތަކުން އާބަންކޯއަށް ރަޖިސްޓްރީކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ސަރަޙައްދުގެތެރޭގައި ނުހިމެނޭކަމަށް އިދިކޮޅި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލެ ފަޅުތެރެ ހިއްކަން އުޅޭ ޚަބަރަކީ ތެދު ޚަބަރެއްނަމަ، އެކަމުގައި ކަންބޮޑުވާ ބައެއް ކަންކަން އެބަހުރިކަމަށެވެ. އޭނާ ވަނީ އެކަންކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 6 ނުކުތާއެއް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ.

ފުރަތަމަ ކަމަކީ މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއްކަމަށާ، ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ދެވަނަ ކަމަކަށް މުއިއްޒު ވިދާޅުވީ ހިއްކަންއުޅޭކަމަށް ބުނާ ސަރަޙައްދަކީ، އެޗް.ޑީ.ސީ އަށް (މިހާރު އަރބަންކޯ) އަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއް ކަމަށެވެ. ތިންވަނަ ނުކްތާއަކީ ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަން މުއިއްޒު ފާހަގަކުރައްވައެވެ.

ހަތަރުވަނަކަމަކަށް މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއްކަމަށާ، ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ފަސްވަނަ ކަމަކަށް މުއިއްޒު ފާހަގަކުރައްވާފައިވަނީ މިއީ ލާމަރުކަޒީ ޤާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫޢެއް ކަމެވެ. ހަވަނަ ކަމަކަށް

ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަމުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ޤާނޫނާއި ޚިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރެއްވުމަށް މުއިއްޒުވަނީ ގޮވާލައްވާފައެވެ.

އަދި ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ގުރުއަތުނެގުން މިހާރުދަނީ ކުރިއަށެވެ. މާލެއިން މިފަހަރު ގޯތިދިނީ ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރު ފަޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ެައަލީބެ

20-Aug-2023

މާލެސިޓީ އަށް ނޭނގި މާލެއާ ތިފަފުށި ގުޅާލާތީ ގިރާވަރު މާލޭ ތަނަކަށް ހެދުމާ ބެހޭގޮތުން މުއިއްޒު އެއްޗެއް ނުބުނަންތަ?.



ޓްރެންޑިން