އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ ރާއްޖޭގައި މަސް ގަންނަ އެންމެ ކުޑަ އަގަކީ 20 ރުފިޔާ ކަމަަށް ހައްދަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ރޯމަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާ ކަަމަށް ހައްދަވާނެ ކަމަށެވެ. އަދި 20 ރުފިޔާ އަށް މަސްގަންނަ އެންމެ ކުޑަ އަގު ހެދުމަށް މަސް ގަންނަ ކުންފުނިތައް ހަރުދަނާ ކުރައްވައި ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މަސްގަންނަ އަގު 20 ރުފިޔާއަށް ހަދައި އެ އަގުގައި މަހުގެ އަގު ހިފަހައްޓަވާނެ ކަމަށެވެ. އަދި ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގު 80ރ. އަށް ހަދައި އެ އަގުގައި ހިފަހައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހިސާބަށް ގެނައުމަށް ކުންފުނިތަކަށް ގެންނަންޖެހޭ ހަރުދަނާކަމާއި އެފަދަ ގިނަ ކަންތައްތަކެއް ހުންނާނެ، މަސްވެރިން ވެސް ގަބޫލުކުރަށްވާނެ ހުންނާނެކަން، އެކަމަކު ގަބޫލު ކުރަށްވާ އެއީ އަޅުގަނޑުމެންގެ ޓާގެޓް އެހިސާބަށް ގެންގޮސްދިނުން އެކަން ހާސިލް ކުރެވޭނެ އަޅުގަނޑުމެންނަށް އިތުބާރު ކުރުން އަޅުގަނޑު އެދެން،" މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރަށްވާ ޑރ.މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން