އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިތަސް ކުރީގެ ރައީސް ޔާމިން އިންނަވާނީ ޖަލުގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާއިދެއް ނެތް ކަމަށާއި، ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިންގެ ފޮޓޯފުޅު ޖަހައިގެން ކެމްޕޭނަށް ނިކުމެވަޑައިގަތީ ތާއިދު ނެތުމުން ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ވެރިކަން ލިބިވަޑަައިގެންފިނަމަ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމިން މިނިވަން ކުރަށްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިޔަސް އެއީ ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫން ކަަމަށާއި ޔާމިން ޖަލުން ދޫކޮށްލެވޭނެ އެއްވެސް ގާނޫނީ ހަމަޔެއް ނޯއްނާނެ ކަމަށެވެ.



"އެބޭފުޅާ (ޑރ.މުއިއްޒު) ޔާމިން ދޫކޮށްލާނަމޭ ވިދާޅުވިއިރު ވެސް ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ތިމަންނާ ރައީސް ޔާމިން ދޫކޮށްލާނަމޭ، އެއްވެސް ގާނޫނީ ހަމައެއް ނޯއްނާނެ ތިބޭފުޅުން ވަކީލުންގެ ކައިރީގައި އައްސަވާ، މީހަކު ބަންދެއްގައި ހުއްޓައި ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލެވޭނެ ގާނޫނީ ހަމައެއް ނޯއްނާނެ، ޕެރޯލް ތެރެއިންނާއި އެ ނޫން ގޮތްގޮތަށް، އެހެންވީމަ އެކަމުގައި ވެސް އެ އޮޅުވާލައްވަނީ ސީދާ ނެރެ ދޫކޮށްލެވޭނެ ގޮތެއް ނޯއްނާނެ, މުއިއްޒު ހަމަ އެ ހުރިހާ ފޮޓޯއެއް ޖަހައިގެން އެކަން ކޮށްފައި އޭނާ އަބަދުވެސް ކަން ކުރާހެން ޔާމިން އިންނަވާނީ ޖަލުގައި އެނޫން ގޮތަކަށް ނޫން،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް އަރައިވަޑައިގެން އެ ވައުދު ވަނީ މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓް، މުއިއްޒު ރަށްތަކަށް އަރާވަޑައިގެން، ވެވަޑައިގަންނަވާނެ އިތުރު ވައުދެއް ނެތުމުން މި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކުގެ ވާހަކަ ދައްކަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅުގެ ކެންޑިޑޭޓްގެ މެނިފެސްޓޯއެއް ނޯންނާނެ ކަމަށެވެ. އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައްޔިތުންނަށް ހާސިލް ކުރާނެ ތަސައްވުރެއް ވެސް ނޯންނާނެކަން އެނގިގެން ގޮސްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން