ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަދިވެސް އުޅުއްވަނީ އާލާސްކަންފުޅާ ކަމަށާއި އެމަނިކުފާނު ވަރަށް އަވަހަށް ކެމްޕެއިން ދަތުރުތައް ފައްޓަވާނެ ކަމަށް ޑިފެންސް މިނިސްޓަރ، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހުގެ ކެމްޕޭން ތަރުޖަމާނު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެމަނިކުފާނު އަދިވެސް އުޅުއްވަނީ އާލާންސްކަންފުޅާ ކަމަށާއި، އެހެން ނަމަވެސް ވަރަށް އަވަހަށް ކެމްޕެއިން ދަތުރުފުޅު ފައްޓަވާނެ ކަމަށެވެ. އެގޮތުން ކެމްޕެއިންގައި ރައީސް ދެން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ބ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އާލާންސްކަންފުޅު ޖެހިވަޑަައިގެން ކެމްޕެއިން ފަސްކުރެއްވި ރަށްތަކަށް ވަގުތު އޮތް މިންވަރަކުން ރައީސް ވަޑައިގަންނަވާނެ ކަމަަށެވެ. މާރިޔާ ވިދާޅުވީ ރައީސް ކެމްޕެއިންގައި ވަޑައިގަންނަވާ ރަށްތައް ކަނޑައަޅުއްވަނީ އެމަނިކުފާނު އަމިއްލަ ފުޅަށް ނޫން ކަމަށެވެ. އެގޮތުން ކެމްޕެއިންގައި ރައީސް ވަޑައިގަންނަވާ ރަށްތައް ކަނޑައަޅުއްވަނީ ކެމްޕެއިން ޓީމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އާލާސްކަންފުޅާ އުޅުއްވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އާއި އދ. އަތޮޅަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެމަނިކުފާނު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ. އެގޮތުން ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ހިމަންދޫގެ ދަތުރުފުޅާ އދ. އަތޮޅަށް ކުރަށްވަން ހަމަޖެހުނު ދަތުރުފުޅު މިހާރު ވަނީ ފަސްކޮށްފައެވެ. ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގައި 11 އަތޮޅެެއްގެ ރަށްތަކަށް އެމަނިކުފާނު މިހާރު ވަނީ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން