އިނގިރޭސި ބަހުން އިސްލާމް ދީން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލީ ފަސޭހަކަމާއެކު ކުދިންނަށް ދީން އުގަންނައިދިނުމުގެ ބޭނުމުގައި ކަމަަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ދިވެހި ބަހާއި އިސްލާމްދީނާއި ގުޅުމެއް ނެތް ކަމަށާއި، އެއީ ގައުމިއްޔަތުގެ ބައެއްވެސް ނޫން ކަމަށެވެ.

އެގޮތުން ޤުރުއާން ބާވައިލެއްވީ އަރަބިން ކަމަށްވާއިރު ހަދީސްތައް ވެސް ހުރީ އަރަބިން ކަމަށާއި، އެހެންކަމުން ދިވެހި ބަހަކާއި އިސްލާމް ދީނާއި ގުޅުމެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ކުދިންނަށް ދިވެހި ބަސް ކިޔައިދިނުމަށް އިސްލާމް ދީން އެބަހުން ކިޔަވައިދިނުމަކީ ކުދިންނަށް އެންމެ ފުރިހަމަ މައުލޫމާތު ލިބޭނެ ގޮތެއްނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ މީހެއްގެ ފޯނުގައިވެސް އޮތީ ތަރުޖަމާ ކަަމަށާއި، ވަގުތެއްވެއްޖިއްޔާ މިހާރު ބަލާލެވޭނެ ކަމަށެވެ. އަދި މިހާރުގެ ކުދިން ވާހަކަދައްކާ އުޅެނީ އިގިރޭސީ ބަހުން ކަމަށާއި، އެހެން ކަމުން އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އިސްލާމްދީނުގެ ހުރިހާ ވާހަކަތަކެއް ރިސާޗް ހެދޭވަރަށް އިސްލާމްދީނުގެ ވާހަކަތައް އެބަހުރި ލިޔެވިފައި، އިންޓަނެޓާއި އެނޫން ސޯސްތަކުގައި އެހެންވީމާ ކުދިންގެ ޝައުގުވެރިކަން އިސްލާމްދީނާއި މެދު އިތުރުވެ މާއްދާ އެއް ހެން ކުރިއަށް ކިޔަވައި އެކަންކަމުން އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ލިބިގެން ކުރުން އެ ބޭނުންވަނީ،" މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން