އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކ. ގުރައިދޫގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި އެއްބަޔަކު އަނެއް ބަޔަކު މާރާމާރީ ހިންގައިފިއެވެ.

މިއަދު ހަވީރު ގުރައިދޫގައި ހަމަނުޖެހުން އުފެދުނީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީއަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުން މަޝްރަހު ގޯސްވެގެންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ވަނީ މާރާމާރީ ހިންގާފައެވެ. މި ހަމަނުޖެހުން ގަނޑުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަތްލައި އެމްޑީޕީ އާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ވެސް ވަނީ ފަޅާލާފައެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނާއި ދެ ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ވެސް ވަނީ ވަރުގަދަ ކުރިމަތިލުމެއް ހިނގާފައެވެ.

ފުލުހުންގެ އިދާރާއިން ބުނީ ގުރައިދޫގައި ހިނގި ހަމަނުޖެހުން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އެރަށުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އުމުރުން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު މިރޭ 7 ޖަހާ އެހާކަންހާއިރު ގުރައިދޫއަށް ވަނީ ވަޑައިގެންފައެވެ. އެރަށުގައި މިރޭ މުއިއްޒުގެ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން